ދިވެހިިރާއްޖެ އާއި ސިންގަޕޫރު އާ ދެމެދު ވެވޭ "ޑަބަލް ޓެކްސް އެވޮއިޑަންސް" އެގްރިމަންޓްގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިމިއްޖެ

ދިވެހި ސަރުކާރުން އިސްނަގައިގެން ރާއްޖެ އާއި ސިންގަޕޫރު އާ ދެމެދު "ޑަބަލް ޓެކްސް އެވޮއިޑެންސް" އެއްބަސްވުމެއް އެކުލަވައިލުމާބެހޭ މަޝްވަރާތަކުގެ ފުރަތަމަ ބުރު މިއަދު ނިންމައިފިއެވެ.

މި މަހުގެ 9 އިން 12 އަށް ކުރިއަށް ގެންދެވުނު މި މަޝްވަރާތަކުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ މީރާއިންނެވެ. ރާއްޖޭގެ ވަފުދުގެ ވެރިއަކީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ހަސަން ޒަރީރެވެ.  ސިންގަޕޫރު ތަމްސީލުކޮށްފައިވަނީ  އިންލަންޑް ރެވެނިއު އޮތޯރިޓީ އޮފް ސިންގަޕޯ އިންނެވެ. ސިންގަޕޫރުގެ ވަފުދުގެ ވެރިއަކީ ޑެޕިއުޓީ ކޮމިޝަނަރ، ޗިއާ-ޓަރން ހުއޭ މިންއެވެ.

"ޑަބަލް ޓެކްސް އެވޮއިޑަންސް" އެއްބަސްވުމެއް އެކުލަވާލެވުމުން، ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެވި، ދެ ގައުމުގެ މެދުގައި ޓެކުހާގުޅޭ މަޢުލޫމާތުތައް ބަދަލުކުރުމަށް މަގު ފަހިވެގެންދާނެއެވެ.

 

12-07-18