ރ.ބޮޑުހުރާ ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި މ.ގޯލްޑަން ޕާލް/މާލެސިޓީ، ޙުސައިން އައްފާން އަޙްމަދާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން މިމަހުގެ 14 ވަނަ ދުވަހު ޙުކުމްކޮށްފިއެވެ.
ޙުސައިން އައްފާން އަޙްމަދުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ކުލި އަދި އެއާގުޅޭ ޖޫރިމަނާ އާއެކު މުޅި ޖުމުލަ56,150.14 ރ (ފަންސާސް ހަ ހާސް އެއް ސަތޭކަ ފަންސާސް ރުފިޔާ ސާދަ ލާރި) އަރަމުންދާ ޖޫރިމަނާއާ އެކު 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.
ގުޅުންހުރި ލިޔުންތައް