ރ.މާށިގިރީގެ ކުއްޔާއި އެއާގުޅޭ ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ރ.މާށިގިރި ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ފްލާވަރ އައިލެންޑް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން މިމަހުގެ 13 ވަނަ ދުވަހު ޙުކުމްކޮށްފިއެވެ.

ފްލާވަރ އައިލެންޑް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ކުލި އަދި އެއާގުޅޭ ޖޫރިމަނާ އާއެކު މުޅި ޖުމުލަ365,646.46 ރ (ތިން ލައްކަ ފަސްދޮޅަސް ފަސް ހާސް ހަ ސަތޭކަ ސާޅީސް ހަ ރުފިޔާ ސާޅީސް ހަ ލާރި) އަރަމުންދާ ޖޫރިމަނާއާ އެކު 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

 

ގުޅުންހުރި ލިޔުންތައް

https://www.mira.gov.mv/legal_decisions/20180613_Judgment_Flower%20Island%20Pvt%20Ltd.pdf

27-06-18