ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓްތައް މީރާއިން ފްރީޒްކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ނޫންކަމަށް ސިވިލް ކޯޓުން މިއަދު ޙުކުމްކޮށްފި

ހއ.އަލިދޫ އަދި ހއ.ބީނާފުއްޓާއި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާ ދައްކައިފައިނުވާތީ މީރާއިން ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ، ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދެއްވުމަށްއެދި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މީރާއާ ދެކޮޅަށް ހުށަހަޅައިފައިވާ މައްސަލައިގެ ޙުކުމް މިއަދު ސިވިލް ކޯޓުން އިއްވަވައިފިއެވެ.

މިޙުކުމްގައިވަނީ، ރިޒޯޓުތަކުގެ ކުއްޔާއި ޖޫރިމަނާ ނުދެއްކުމުގެ ސަބަބުން އެކައުންޓްތައް ފްރީޒްކުރުމަކީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 50 ވަނަ މާއްދާއާއި ޚިލާފު ނިންމެވުމެއް ނޫންކަމުގައެވެ.

 

ގުޅުންހުރި ލިޔުންތައް

https://www.mira.gov.mv/legal_decisions/20180625_Judgment_Yacht%20Tours%20Maldives%20Pvt%20Ltd.pdf

25-06-18