ހއ.އަލިދޫގެ ކުއްޔާއި އެއާގުޅޭ ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ހއ.އަލިދޫ ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ލީސް އެގްރީމަންޓްގެ ދަށުން އެފަރާތުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ކުލި އަދި އެއާގުޅޭ ޖޫރިމަނާ އާއެކު މުޅި ޖުމުލަ USD 29,007,669 (އޮނަތިރީސް މިލިއަން ހަތް ހާސް ހަ ސަތޭކަ ފަސްދޮޅަސް ނުވަ ޑޮލަރު) 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ދައްކައި ޚަލާޞް ކުރުމަށެވެ.

 

ގުޅުންހުރި ލިޔުންތައް

 

20-06-18