ޖީ.އެސް.ޓީ ނުދައްކާ ކުންފުންޏަކުން، ޖީ.އެސް.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ.
ވޯޓަރލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 211,684ރ (ދެ ލައްކަ އެގާރަ ހާސް ހަ ސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ)، 02 (ދޭއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.