ޖީ.އެސް.ޓީ ނުދައްކާ ކުންފުންޏަކުން މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ޖީ.އެސް.ޓީ ނުދައްކާ ކުންފުންޏަކުން، ޖީ.އެސް.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ.

ޝަރޫ ލޯންޗް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 162,325ރ (އެއް ލައްކަ ފަސްދޮޅަސް ދެ ހާސް ތިން ސަތޭކަ ފަންސަވީސް ރުފިޔާ)، 02 (ދޭއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

 

05-04-18