ތ.ކަޅުފަހަލަފުށީގެ ކުއްޔާއި އެއާގުޅޭ ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ތ.ކަޅުފަހަލަފުށި ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއާއި އޭޝިއާ ރިސޯރޓްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ލީސް އެގްރީމަންޓްގެ ދަށުން އޭޝިއާ ރިސޯރޓްސް ޕްރައިވެޓް ލިމިޓެޑް އިން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ އާއި އިންޓްރެސްޓް ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ މާރިޗު މަހުގެ 28 ވަނަ ދުވަހު ޙުކުމްކޮށްފިއެވެ.

އޭޝިއާ ރިސޯރޓްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ކުލި އަދި އެއާގުޅޭ ޖޫރިމަނާ އާއި އިންޓްރެސްޓް އާއެކު މުޅި ޖުމުލަ USD 22,464,411.52 (ބާވީސް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ހަތަރު ހާސް ހަތަރު ސަތޭކަ އެގާރަ ޔޫ.އެސް ޑޮލަރު ފަންސާސް ދެ ސެންޓް) 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

 

01-04-18