ޓެކްސް ނުދައްކާ ތިން ކުންފުންޏަކުން މީރާއަށް ޓެކްސް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ޓެކްސް ނުދައްކާ ތިން ކުންފުންޏެއްގެ މައްޗަށް އެ ފައިސާ އާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

ބެސްޓް ޗޮއިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 3,311,401ރ (ތިން މިލިއަން ތިން ލައްކަ އެގާރަ ހާސް ހަތަރު ސަތޭކަ އެއް ރުފިޔާ)، 04 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށް ހުކުމްކޮށްފައިވާއިރު ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޓީ.ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ USD 41,014 (ސާޅީސް އެއް ހާސް ސާދަ ޑޮލަރު) 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ދައްކައި ޚަލާޞް ކުރުމަށެވެ.

މީގެ އިތުރުން ބީ.ޕީ.ޓީ އަދި އެއާގުޅޭ ޖޫރިމަނާ އަދި އިންޓަރެސްޓުގެ ގޮތުގައި ޖުމުލަ 687,646ރ (ހަ ލައްކަ އަށްޑިހަ ހަތް ހާސް ހަ ސަތޭކަ ސާޅީސް ހަ ރުފިޔާ) ދެއްކުމަށް ލޮޓަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވަނީ ޙުކުމް ކޮށްފައެވެ.

 

19-03-18