ޖީ.އެސް.ޓީ ގަވާއިދު އާންމުންގެ ކޮމެންޓަށް ހުޅުވާލައިފި

ޤާނޫނު ނަންބަރ 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުގެ ދެލިކޮޕީ އެކުލަވާލައިއާންމުންގެ ކޮމެންޓަށް މިހާރުވަނީ ހުޅުވަލެވިފައެވެ. މިގަވާއިދުގެ ދެލިކޮޕީ މިއޮތޯރިޓީގެ ވެބްސައިޓްގެ http://www.mira.gov.mv/consultation.aspx ލިންކުން ލިބެން ހުންނާނެއެވެ. އަދި މިއޮތޯރިޓީގެ ޑޭޓާބޭސްގައިވާ ކަމާބެހޭ ވިޔަފާރިތަކަށް މިގަވާއިދު އީމެއިލް ކުރުމުގެމަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، ޖަމްއިއްޔާ ޖަމާއަތްތަކާއި އަދި ކަމާބެހޭ އެހެނިހެން މުއައްސަސާތަކާއިއެކުވެސް މިޤަވާއިދު ހިއްސާކުރެވޭނެއެވެ.

26-09-11