ބީ.ޕީ.ޓީ ނުދައްކާ ކުންފުންޏެއްގެ މައްޗަށް އެ ފައިސާ އާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ.
ސްކިޕް ޖެކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ބީ.ޕީ.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 530,431.17ރ (ފަސްލައްކަ ތިރީސްހާސް ހަތަރުސަތޭކަ ތިރީސްއެއް ރުފިޔާ)، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން ދަޢުލަތަށް ދައްކަންޖެހޭ ބީ.ޕީ.ޓީ އަދި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ހޯދުމަށް 04 (ހަތަރު) ފަރާތެއްގެ މައްސަލަ މި އަހަރުގެ ތެރޭގައި ކޯޓަށް ހުށަހަޅައިފައިވެއެވެ.