ޖީ.އެސް.ޓީ ނުދައްކާ ދެ ކުންފުންޏަކުން މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ޖީ.އެސް.ޓީ ނުދައްކާ ދެ ކުންފުންޏެއްގެ މައްޗަށް އެ ފައިސާ އާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

ގެޓް ފެޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 196,498ރ (އެއްލައްކަ ނުވަދިހަހަހާސް ހަތަރުސަތޭކަ ނުވަދިހަ އަށެއް ރުފިޔާ)، 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ހުކުމްކޮށްފައިވާއިރު ޓޫ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1,059,891.98 (އެއްމިލިއަން ފަންސާސް ނުވަހާސް އަށްސަތޭކަ ނުވަދިހަ އެއް ރުފިޔާ ނުވަދިހަ އަށް ލާރި) އާއި  2 (ދޭއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

މީގެ އިތުރުން ދަޢުލަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީ އަދި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ހޯދުމަށް 09 (ނުވައެއް) ފަރާތެއްގެ މައްސަލަ މިއަހަރުގެ ތެރޭގައި ކޯޓަށް ހުށަހަޅައިފައިވެއެވެ. 

29-01-18