ޖީ.އެސް.ޓީ ނުދައްކާ ދެ ކުންފުންޏަކުން މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ޖީ.އެސް.ޓީ ނުދައްކާ ދެ ކުންފުންޏެއްގެ މައްޗަށް އެ ފައިސާ އާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

އޭގެ ތެރެއިން، އަޒިމުތު ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ 2 (ދޭއް) މަސް ދުވަހުގެ ތެރޭގައި ޖުމްލަ 409,579ރ (ހަތަރު ލައްކަ ނުވަ ހާސް ފަސް ސަތޭކަ ހަތްދިހަ ނުވަ ރުފިޔާ) ދައްކާ ޚަލާޞް ކުރުމަށެވެ.

ޓީ.އެލް.އެމް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ 2 (ދޭއް) މަސް ދުވަހުގެ ތެރޭގައި ޖުމްލަ USD98,492.18 (ނުވަދިހަ އަށް ހާސް ހަތަރު ސަތޭކަ ނުވަދިހަ ދެ ޑޮލަރު އަށާރަ ސެންޓް) އާއި 43,000ރ (ސާޅީސް ތިން ހާސް ރުފިޔާ) ދައްކާ ޚަލާޞް ކުރުމަށެވެ.

ދަޢުލަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީ އަދި އެއާގުޅޭ ޖޫރިމަނާގެ ނުދައްކާއޮތް 26 (ސައްބީސް) ފަރާތެއްގެ މައްސަލަ މިހާރުވެސް ސިވިލް ކޯޓުގައި ކުރިއަށް އެބަދެއެވެ.

 

 ގުޅުންހުރި ލިޔުންތައް

17-12-17