މެދުފުށީގެ ކުލީގެ ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

މ. މެދުފުށި ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީ އާއި މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެގްރީމެންޓްގެ ދަށުން އެ ރަށަށް ދައްކަންޖެހޭ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކަނޑައެޅިފައިވާ ތާރީޚަށް ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި USD2,677,298.80 (ދެ މިލިއަން ހަ ލައްކަ ހަތްދިހަ ހަތް ހާސް ދުއިސައްތަ ނުވަދިހަ އަށް ޔޫ.އެސް ޑޮލަރު އަށްޑިހަ ސެންޓް) 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

 

ގުޅުންހުރި ލިޔުންތައް

·         https://www.mira.gov.mv/legal_decisions/20171212_Judgment_Medhufushi.pdf

12-12-17