ފޯރަމް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ފޯރަމް ޕްރައިވެޓް ލިމިޓެޑުން ނުދައްކާއޮތް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ. އެއީ، ޖުމްލަ 503,630ރ (ފަސް ލައްކަ ތިން ހާސް ހަސަތޭކަ ތިރީސް ރުފިޔާ) 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާ ނުދައްކާއޮތް 30 (ތިރީސް) ފަރާތެއްގެ މައްސަލަ މިހާރުވެސް ސިވިލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އެ މައްސަލަތަކާ ގުޅޭ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާ ފައިސާގެ ޖުމުލަ 19,781,281.61ރ (ނަވާރަ މިލިއަން ހަތްލައްކަ އަށްޑިހަ އެއްހާސް ދުއިސައްތަ އަށްޑިހައެއް ރުފިޔާ ފަސްދޮޅަސްއެއް ލާރި) އަށް އަރައެވެ. 

 

ގުޅުންހުރި ލިޔުންތައް

·         https://www.mira.gov.mv/legal_decisions/20171207_Judgment_Forum%20Pvt%20Ltd.pdf

07-12-17