އޮކްޓޫބަރު މަހު މީރާއަށް 983.5 މިލިއަން ރުފިޔާ ބަލަައިގެންފި

ފާއިތުވި އޮކްޓޫބަރު މަހު މީރާއަށް 983.5 މިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ހާމަ ކުރައްވައިފިއެވެ. މި އަދަދާއެކު މި އަހަރުގެ މިހާތަނަށް މީރާއަށް ބަލައިގަތް އާމްދަނީގެ ޖުމުލަ ވަނީ 12.89 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީ އާ  އަޅައިބަލާއިރު 10.7 އިންސައްތަ އިތުރު އަދަދެކެވެ.

މި އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީ އަކީ 2016  ވަނަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު އިތުރު އަދަދެކެވެ. އަދި މިއީ 2017 އޮކްޓޫބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %4 އިތުރު އަދަދެކެވެ. މީގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި މި އަހަރުގެ ހަތަރުވަނަ ކުއާޓަރ (އޮކްޓޫބަރު 2017) އާ ދިމާވާތީއެވެ.

ވޭތުވެދިޔަ މަހު އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ އޮކްޓޫބަރު މަހު ލިބުނު ޖުމުލަ އާމްދަނީގެ %54.9 ނުވަތަ 539.5 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް (%13.1 ނުވަތަ 128.5 މިލިއަން ރުފިޔާ) އިންނެވެ. މީގެ އިތުރުން، ބިޒްނަސް ޕްރޮފިޓް ޓެކްސް (%8.0 ނުވަތަ 78.5 މިލިއަން ރުފިޔާ)، ގްރީން ޓެކްސް (%5.5 ނުވަތަ 53.9 މިލިއަން ރުފިޔާ)، އެއަރޕޯޓު ސަރވިސް ޗާޖް އިން (%4.6 ނުވަތަ 45.5 މިލިއަން ރުފިޔާ) އަދި އެހެނިހެން ޓެކުހާއި ފީ (137.6 މިލިއަން ރުފިޔާ ނުވަތަ %14.0) ހިމެނެއެވެ.  

އޮކްޓޫބަރު 2017 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 38.1 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމުގައި ވެސް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ.

 

ގުޅުންހުރި ލިޔުންތައް

·         https://www.mira.gov.mv/reports/October%2017.pdf

12-11-17