ޖީ.އެސް.ޓީ ނުދައްކާ ފަރާތެއްގެ މައްޗަށް އެ ފައިސާ އާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.
ލ.ގަން، ތުނޑި، ނޫއަލި އާދަމް ޞަލާހު މައްޗަށް ހުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 282,499/-ރ. (ދެލައްކަ އަށްޑިހަ ދެހާސް ހަތަރުސަތޭކަ ނުވަދިހަނުވަ ރުފިޔާ) 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޚަލާސްކުރުމަށެވެ.