ޓޫރިޒަމް ދާއިރާގެ ވިޔަފާރިކުރާ ފަރާތްތަކުން އެހެން ދާއިރާއެއްގެ ވިޔަފާރި ޙަރަކާތެއް ހިންގާނަމަ، އެ ހަރަކާތް ސެޕްޓެންބަރު ނިމުމުގެ ކުރިން ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކުރަންޖެހޭ

ޓޫރިޒަމް ދާއިރާގެ ވިޔަފާރިކުރާ ފަރާތްތަކުން އެހެން ދާއިރާއެއްގެ ވިޔަފާރި ޙަރަކާތެއް ހިންގާނަމަ، އެ ހަރަކާތް މި ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް މީރާއިން ހާމަ ކޮށްފިއެވެ.

މި މަހުގެ 7 ވަނަ ދުވަހު ޖީ.އެސް.ޓީގެ ޤަވާޢިދަށް ގެނެސްފައިވާ 21 ވަނަ އިސްލާޙުގައި ވާގޮތުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިކުރާ ފަރާތެއްނަމަ، އެހެން ދާއިރާތަކުގެ ވިޔަފާރި ހަރަކާތް ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކުރުމުގައި ބަލަމުން އަންނަ     1,000,000/-ރ. (އެއް މިލިއަން ރުފިޔާ) ހަމަވޭތޯ ބެލުމެއްނެތި އެ ހަރަކާތެއް ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރަން ޖެހެއެވެ.

     

ގުޅުންހުރި ލިޔުންތައް

·         https://www.mira.gov.mv/TaxLegislation/tr-2017-g42-dhivehi.pdf

26-09-17