ޖީ.އެސް.ޓީ ނުދެއްކި ފަރާތެއްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން 01 (އެކެއް) މަސް ދުވަހަށް ގޭގައި ބަންދުކުރުމަށާއި ކޮށްފައިވާ ޙުކުމާ އެއްގޮތަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު ޙުކުމް ކޮށްފިއެވެ.
ޒުހުރާ ރަޝީދު، މއ. މަދޮށިގެ ގެ މައްޗަށް، ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 842,545/-ރ. (އައްލައްކަ ސާޅިސް ދެހާސް ފައްސަތޭކަ ސާޅިސް ފަސްރުފިޔާ) ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 10 ވަނަ ދުވަހުއެވެ.
ގުޅުންހުރި ލިޔުންތައް
· https://www.mira.gov.mv/legal_decisions/20170828_Judgment_Zuhura%20Rasheed.pdf