މަޑޫގަލި ރިޒޯޓުގެ ކުއްޔާއި ޖޫރިމަނާ މީރާއަށް ދެއްކުމަށް ބްލޫ ލެގޫން އިންވެސްޓްމަންޓްސްގެ މައްޗަށް ޙުކުމްކޮށްފި

ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގުމަށްޓަކައި ކުއްޔަށް ދީފައިވާ އ.އ މަޑޫގަލީގެ ކުއްޔާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ނުދައްކާއޮތް ޖުމްލަ  US$3,955,151.96(ތިން މިލިއަން ނުވަ ލައްކަ ފަންސާސް ފަސް ހާސް އެއް ސަތޭކަ ފަންސާސް އެކެއް ޕޮއިންޓް ނުވައެއް ހައެއް އެމެރިކާ ޑޮލަރު) 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޚަލާޞް ކުރުމަށް ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މި ސެޕްޓެންބަރު 11 ވަނަ ދުވަހު ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

 

 

ގުޅުންހުރި ލިޔުންތައް

·         https://www.mira.gov.mv/legal_decisions/20170911_Judgment_Blue%20Lagoon%20Investment%20Pvt%20Ltd.pdf

18-09-17