އިނާމު ތަކަކާއެކު މީރާގެ "މިއޮތީ ރަސީދު" ކެމްޕޭން ފަށައިފި

ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު މީރާގެ "މިއޮތީ ރަސީދު" ކެމްޕޭން މިއަދު ފަށައިފިއެވެ. މިއީ، ވިޔަފާރިތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ރަސީދު ދޫކުރުމަށް ބާރު އެޅުމުގެ ގޮތުން މިއަދުން ފެށިގެން އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

 

މި ކެމްޕޭންގައި ކޮންމެ މަހަކު ވެސް އެންމެ ގިނަ ތަންތަނުން ރަސީދު ހޯދާ ފަރާތަކަށާއި އެންމެ ގިނައިން "ޞައްޙަ ނޫން" ރަސީދު ހޯދާ ފަރާތެއްގެ އިތުރުން މުޅި ކެމްޕޭންގެ 6 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ތަންތަނުން ރަސީދު ހޯދާ ފަރާތަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

 

މި ކެމްޕޭންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ހޯދާ ރަސީދު ގައި އެ ފަރާތެއްގެ ފޯނު ނަންބަރު ލިޔުމަށްފަހު އެ ރަސީދުގެ ފޮޓޯއެއް 9551415 އަށް ވައިބަރ ކުރުމަށާއި ވީހާވެސް ގިނަ ތަންތަނުން، ވީހާވެސް ގިނަ ބަޔަކު ރަސީދު ހޯދުމަށްފަހު މީރާއަށް ފޮނުވަމުން ގެންދިއުމަށް އެ އޮތޯރިޓީން އެދިލައްވައެވެ. އަދި ކަމާ ގުޅޭ މައުލޫމާތު ރަސްމީ ގަޑީގައި 1415 އަށް ގުޅުމުން ލިބޭނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

 

މީރާއިން ވަނީ 2015 ވަނަ އަހަރު ވެސް "ކޮބާ ރަސީދު" ގެ ނަމުގައި މި ފަދަ ކެމްޕޭނެއް ކާމިޔާބު ކަމާއެކު ހިންގާފައެވެ.

05-09-17