ހޮލިޑޭ މޭކަރސް އިން މީރާއަށް ދެ ޓެކުހެއް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ހޮލިޑޭ މޭކަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީ އާއި ވިތްހޯލްޑިންގ ޓެކްސް އަދި އެއާގުޅޭ އެހެނިހެން ފައިސާ، އެއް މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޚަލާޞް ކުރުމަށް ސިވިލް ކޯޓުން 17 އޯގަސްޓް 2017 ގައި ހުކުމް ކޮށްފިއެވެ.

އެއީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 7,805 USD (ހަތްހާސް އަށް ސަތޭކަ ފަސް ޑޮލަރު) އާއި 1,500ރ (އެއްހާސް ފައްސަތޭކަ ރުފިޔާ) ގެ އިތުރުން ވިތްހޯލްޑިންގ ޓެކުހާއި އެއާގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓްގެ ގޮތުގައި ޖުމްލަ 116,709ރ (އެއްލައްކަ ސޯޅަހާސް ހަތްސަތޭކަ ނުވަ ރުފިޔާ) އެވެ.

22-08-17