ރިސޯސް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން މީރާއަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ރިސޯސް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާ، ތިން މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޚަލާޞް ކުރުމަށް ސިވިލް ކޯޓުން 10 އޯގަސްޓް 2017 ގައި ހުކުމް ކޮށްފިއެވެ.

އެއީ، އެ ކުންފުނިން 31 މެއި 2017 ގެ ނިޔަލަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 504,534/-ރ (ފަސްލައްކަ ހަތަރުހާސް ފަސްސަތޭކަ ތިރީސް ހަތަރު ރުފިޔާ) އެވެ. މީގެ އިތުރުން އެ ފައިސާ މީރާއަށް ދައްކާ ޚަލާޞް ކުރުމާއި ހަމައަށް އިތުރަށް އަރަމުންދާ ޖޫރިމަނާއަކީ ވެސް ދައްކަންޖެހޭ ފައިސާއެއް ކަމުގައި މި ހުކުމްގައި ވަނީ ކަނޑައަޅާފައެވެ.

ސިވިލް ކޯޓުން ވަނީ ވޭތުވެދިޔަ 4 އަހަރު ގެ ތެރޭގައި ޖީ.އެސް.ޓީ ނުދައްކާއޮތް 90 ފަރާތެއްގެ މައްޗަށް ހުކުމްކޮށް، ޖުމްލަ 43,762,815ރ (ސާޅީސް ތިން މިލިއަން ހަތްލައްކަ ފަސްދޮޅަސް ދެހާސް އަށްސަތޭކަ ފަނަރަ ރުފިޔާ) މީރާއަށް ދެއްކުމަށް އަންގާފައެވެ.

17-08-17