މީރާ "ތިކުދިންގެ ހަވީރު" މާދަމާ ހުޅުމާލޭގައި އޮންނާނެ

މީރާގެ އަހަރީ ދުވަހާ ގުޅިގެން ކޮންމެ އަހަރަކުވެސް ފާހަގަ ކުރާ "ޓެކްސް ވީކް" ނިންމުމުގެ ގޮތުން ބާއްވާ "ތިކުދިންގެ ހަވީރު" މާދަމާ ހުޅުމާލޭގެ ސެންޓްރަލް ޕާކް ގައި އޮންނާނެއެވެ.

މީރާ އާއެކު ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތައް ވެސް ބައިވެރިވެގެން ބާއްވާ މި އިވެންޓްގައި    28 ސްޓޯލް އާއި 80 އަށްވުރެ ގިނަ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާ ގުޅޭ ތަޢުލީމީ ޙަރަކާތްތަކާއި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ އައިޓަމްތައްވެސް ހިމެނެއެވެ.

މީރާގެ 7 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަހަރު ކުރިއަށް ގެންދިޔަ "ޓެކްސް ވީކް" ގައި ޓެކްސް ދައްކާ ފަރާތްތަކަށާއި ޢާއްމުންނަށް އަމާޒުކޮށް ބޭއްވި "އޯޕަން ޑޭ" ގެ އިތުރުން މީރާގެ މުވައްޒަފުންނާއި ޢާއްމު ބައެއް ފަރާތްތަކުގެ ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ވެސް ވަނީ މިދިޔަ ހަފްތާގައި ބާއްވާފައެވެ.

17-08-17