ތެލުވެލިގާގެ ކުއްޔާއި ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގުމަށްޓަކައި ރީޓްރީޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ސަރުކާރުން ކުއްޔަށް ދީފައިވާ އދ. ތެލުވެލިގާ އާ ގުޅިގެން ނުދައްކާއޮތް ކުއްޔާއި ޖޫރިމަނާ އެއް މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޚަލާޞް ކުރުމަށް 13 އޯގަސްޓް 2017 ގައި ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެއީ، ކުލީގެ ގޮތުގައި  71,178.00$US (ހަތްދިހަ އެއްހާސް އެއްސަތޭކަ ހަތްދިހަ އަށެއް އެމެރިކާ ޑޮލަރު) އަދި ކަނޑައެޅިފައިވާ ތާރީޚަށް ކުލި ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައިUS$ 103,208.10  (އެއްލައްކަ ތިންހާސް ދުއިސައްތަ އަށެއް އެމެރިކާ ޑޮލަރު، ދިހަ ސެންޓް) އާއެކު ޖުމުލަ  US$ 174,386.10(އެއްލައްކަ ހަތްދިހަ ހަތަރުހާސް ތިންސަތޭކަ އަށްޑިހަ ހައެއް އެމެރިކާ ޑޮލަރު، ދިހަ ސެންޓް) އެވެ.

ޓޫރިސްޓް ރިޒޯޓް ނުވަތަ ހޮޓާ ތަރައްޤީކޮށް ހިންގުމަށްޓަކައި ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށް ނުވަތަ ބިމުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކައިވާ އިތުރު 15 ފަރާތެއްގެ މައްސަލަ މިހާރުވެސް މީރާއިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

 

ގުޅުންހުރި ލިޔުންތައް

·         https://www.mira.gov.mv/legal_decisions/20170813_Civil%20Court_Judgment_Theluveligaa%20Retreat%20Pvt%20Ltd.pdf

15-08-17