މީރާއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މާދަމާ ބާއްވަނީ

މީރާގެ 7 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ "ޓެކްސް ވީކް" ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ އޮތޯރިޓީން ހާމަ ކުރައްވައިފިއެވެ. މިއީ، މީރާ ކްލަބާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ. 

މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00 އަށް، މީރާގެ އޯކިޑް ބިލްޑިންގ ގައެވެ. ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތަކީ 2013 ވަނަ އަހަރުން ފެށިގެން މީރާއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.  މި ޕްރޮގްރާމުގައި ބައިވެރުވުމަށް މީރާއިން އެކި އެކި މުއައްސަސާތަކަށާއި އާންމުންނަށް ދައުވަތު އަރުވައެވެ.

07-08-17