ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު "ޑަބަލް ޓެކްސް އެވޮއިޑަންސް" އެގްރިމަންޓްގެ މަޝްވަރާތައް ފަށައިފި

ދިވެހި ސަރުކާރުން އިސްނަގައިގެން ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު "ޑަބަލް ޓެކްސް އެވޮއިޑެންސް" އެއްބަސްވުމެއް އެކުލަވާލުމާބެހޭ މަޝްވަރާތަކުގެ ފުރަތަމަބުރު މިއަދު މާލޭގައި ފަށައިފިއެވެ.

މި މަހުގެ 3 އިން 6 އަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި މަޝްވަރާތަކުގައި ރާއްޖެ ތަމްސީލު ކުރަނީ މީރާ އިންނެވެ. ރާއްޖޭގެ ވަފުދުގެ ވެރިއަކީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރެވެ.  ބަންގްލަދޭޝް ތަމްސީލު ކުރަނީ އެ ޤައުމުގެ ނެޝަނަލް ބޯޑު އޮފް ރެވެނިއު އިންނެވެ. އެ ވަފުދުގެ ވެރިއަކީ ޗެއަރމަން އަދި ސީނިއަރ ސެކްރެޓަރީ، އިންޓަރނަލް ރިސޯސަސް ޑިވިޜަން، މުޙައްމަދު ނަޖީބުއްރަހްމާން އެވެ.

"ޑަބަލް ޓެކްސް އެވޮއިޑަންސް" އެއްބަސްވުމެއް އެކުލަވާލެވުމުން، ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެވި، ދެ ގައުމުގެ މެދުގައި ޓެކުހާގުޅޭ މަޢުލޫމާތުތައް ބަދަލުކުރުމަށް މަގު ފަހިވެގެންދާނެއެވެ.

03-07-17