2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ފަސްކޮށްފި

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހުށަހަޅަން ޖެހޭ 2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި 16 ޖުލައި 2017 އަށް ފަސްކޮށްފިއެވެ.

މީރާއިން މައުލޫމާތު ދެއްވާ ގޮތުގައި މިގޮތަށް މި ހަމަޖެއްސީ، މިއަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅާ ސުންގަޑި އަންނަނީ ފިތުރު ޢީދު ބަންދާ ގުޅިގެން ކަމަށް ވާތީ، ޓެކްސްބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓްކޮށް ނިންމުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުންނެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ބޭނުމަށް ކުންފުނިތަކުން 2016 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަން ޖެހޭ ސުންގަޑިވެސް ވަނީ 16 ޖުލައި 2017 އަށް ފަސްކުރެވިފައެވެ.

ވީމާ، ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ އެންމެހައި ފަރާތްތަކުން މިފުރުސަތުގެ ބޭނުންކޮށް 16 ޖުލައި 2017 ގެ ކުރިން ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި ނިންމުމަށް މީރާއިން އިލްތިމާސް ކުރެއެވެ.

2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑީގެ އިތުރުން ޖުލައި މަހުގެ  ތެރޭގައި 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑިވެސް އާދެއެވެ. އެއީ 31 ޖުލައި 2017 އެވެ.

2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި 16 ޖުލައި 2016 އަށް ފަސްކުރި ކަމުގައި ވިޔަސް 2017 ވަނަ އަހަރުގެ މޭ މަހުގެ ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ 2 ޖުލައި 2017 ކަމުގައިވެސް މީރާއިން މައުލޫމާތު ދެއްވައެވެ.

 

ގުޅުންހުރި ލިޔުންތައް

·         https://www.facebook.com/maldivesinlandrevenueauthority/photos/a.213651855358419.52134.142192245837714/1488935687830023/?type=3&theater

13-06-17