މޭ މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފި

ފާއިތުވި މޭ މަހު މީރާ އަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަ ކުރައްވައިފިއެވެ. މިއީ، މިދިޔަ އަހަރުގެ މޭ މަހާ އަޅާ ބަލާއިރު 5.9 އިންސައްތަ އިތުރު އަދަދެކެވެ. މީގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ވިތުހޯލްޑިންގ ޓެކްސް، އެއަރޕޯޓް ސަރވިސް ޗާޖް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ޢަދަދު މިދިޔަ އަހަރުގެ މޭ މަހަށްވުރެ އިތުރުވުމެވެ.

މި އަހަރުގެ މޭ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %49.0 ނުވަތަ 598.2 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބޭންކް ޕްރޮފިޓް ޓެކްސް (317.1 މިލިއަން ރުފިޔާ ނުވަތަ %26.0) އިންނެވެ.  މީގެ އިތުރުން، ބީ.ޕީ.ޓީ (72.4 މިލިއަން ނުވަތަ %5.9) ގްރީން ޓެކްސް (63.1 މިލިއަން ރުފިޔާ ނުވަތަ %5.2) އަދި އެއަރޕޯޓް ސަރވިސް ޗާރޖް (49.1 މިލިއަން ރުފިޔާ ނުވަތަ %4.0) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަ ކުރެވެއެވެ.

މޭ 2017 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 35.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމުގައި ވެސް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ.

 

ގުޅުންހުރި ލިޔުންތައް

https://www.mira.gov.mv/reports/May17.pdf

11-06-17