އަތޮޅުތެރެއިން މިދިޔަ އަހަރުގެ ފަހު ތިން މަހުގެ ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން ހާމަކޮށްފި

އަތޮޅު ތެރޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ފަހު ތިން މަހުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މި ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 10 ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 53 ފަރާތަކާއެކު ޖުމުލަ 63 ފަރާތެއްގެ ނަން ހިމެނެއެވެ.

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި، އެސް.އެމް.އެސްގެ ޒަރީއާއިންނާއި  އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައިވާނެ ކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ.

މީރާގެ އެންފޯސްމަންޓް ޕޮލިސީގައި ވާގޮތުން މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

 

ގުޅުންހުރި ލިޔުންތައް

2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ނުދައްކާ ފަރާތްތައް:

https://www.mira.gov.mv/Non-Compliers.aspx

30-05-17