ކުދި ވިޔަފާރިތަކުގެ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމަށް މީރާގެ ޓީމުތައް އަތޮޅުތަކަށް ދަނީ

ކުދި ވިޔަފާރިތަކުގެ މާލީ ހިސާބުތަކާއި 2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ތައްޔާރު ކުރުމުގައި އެހީތެރިވެ ދިނުމަށް، އަންނަ މާރިޗު މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް މީރާގެ ޓީމުތައް ރާއްޖޭގެ 10 އަތޮޅަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން ހާމަ ކޮށްފިއެވެ. މިއީ، ކޮންމެ އަހަރަކުވެސް ކުރީކޮޅު އެ އޮތޯރިޓީން ކުރަމުންގެންދާ ކަމެކެވެ.

މިގޮތުން މި އަހަރު މީރާގެ ޓީމުތައް ދިޔުމަށް ހަމަޖެހިފައިވަނީ ހއ، ހދ، ށ، ނ، ރ، ގއ، ގދ، ލ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ އަށެވެ. މި އަތޮޅު ތަކުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މީރާގެ ޓީމުތައް ޒިޔާރަތް ކުރާނެއެވެ. މި ޓީމު ތަކުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައި ނަން ނޯޓު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

20-02-17