ސުންގަޑިއަށް ކުންފުނި އަހަރީ ފީ ދެއްކުމަށް މީރާއިން އިލްތިމާސްކޮށްފި

ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ކުންފުނިތަކުން ދައްކަންޖެހޭ އަހަރީ ފީ، ސުންގަޑި ކަމުގައިވާ 31 މާރިޗު 2017 ގެ ކުރިން ދެއްކުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފިއެވެ.

އަހަރީ ފީގެ ގޮތުގައި ޕްރައިވެޓް ކުންފުނިތަކުން ދައްކަންޖެހެނީ 2,000 ރުފިޔާއެވެ. ޕަބްލިކް ކުންފުނިތަކުން ދައްކަންޖެހެނީ 10,000 ރުފިޔާއެވެ. ސުންގަޑިއަށް އަހަރީ ފީ ދައްކާފައި ނުވާނަމަ 30 އެޕްރީލް 2017 ގެ ކުރިން ކުންފުނި އަހަރީ ބަލައިގަނެވޭނީ 1,000 ރުފިޔާއިން ޖޫރިމަނާއަކާ އެކުގައެވެ. އަދި 30 އެޕްރީލް 2017ގެ ފަހުން ކުންފުނީގެ އަހަރީ ފީ ދައްކާނަމަ، ފީ ބަލައިގަނެވޭނީ 2,500 ރުފިޔާގެ ޖޫރިމަނާއައި އެކުގައެވެ.

މީގެ އިތުރުން، 31 މާރިޗު 2017 ގެ ކުރިން ކުންފުނި އުވާލުމަށް ހުށަހަޅާފައިވާނަމަ، މި އަހަރުގެ އަހަރީ ފީ ދެއްކުން ލާޒިމެއްނުވާނެކަމަށާއި ނަމަވެސް، ކުންފުނި އުވާލަން ރެޖިސްޓްރަރ އޮފް ކޮމްޕެނީޒް އަށް ހުށަހަޅައިފައިވަނީ މި އަހަރުގެ 31 މާރިޗުގެ ފަހުން ކަމުގައިވާނަމަ މި އަހަރަށް އެ ކުންފުންޏަކުން އަހަރީ ފީ ދައްކަންޖެހޭނެކަމަށް މީރާއިން މަޢުލޫމާތު ދެއްވައެވެ. 

ސުންގަޑިއަށް ކުންފުނި އަހަރީ ފީ ދައްކާފައި ނުވާނަމަ އެ ފައިސާ ހޯދުމަށް، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފިޔަވަޅު އެޅޭނެކަމުގައިވެސް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ. 

12-03-17