2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ދެވަނަ އިންޓެރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑިއަކީ 31 ޖަނަވަރީ 2017

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން 2016 ވަނަ އަހަރުގެ ދެވަނަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ 31 ޖަނަވަރީ 2017 އެވެ.

 

ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ހުރިހާ ފަރާތްތަކުން ވެސް އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަންޖެހެއެވެ. އެހެންކަމުން، 2016 ވަނަ އަހަރުގެ ބީ.ޕީ.ޓީގެ ދެވަނަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް މިހާތަނަށް ހުށަހަޅައިފައި ނުވާ ފަރާތްތަކުން މި ސުންގަޑިއަށް ސަމާލުވެ ވީހާ ވެސް އަވަހަށް އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި، އިންޓެރިމް ޕޭމަންޓް ދެއްކުމަށް މީރާއިން އިލްތިމާސްކުރެއެވެ.

 

ސުންގަޑިއަށް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގައި ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން 29 ޖަނަވަރީ އިން 31 ޖަނަވަރީގެ ނިޔަލަށް ކުރީގެ ޖަމާލުއްދީން ސްކޫލްގެ ހޯލުގައި ވަގުތީ ކައުންޓަރުތަކެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ފުރިހަމަ ކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުމުން ނުވަތަ މީރާގެ ސަޕޯޓް އީމެއިލް 1415@mira.gov.mv އަށް އީމެއިލްކުރުމުން އެހީތެރިކަން ލިބޭނެކަމަށް މީރާއިން ހާމަކުރެއެވެ.

25-01-17