10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތައް އޮޓިޑް ރިޕޯޓް ހުށަހަޅަން ނުޖެހޭގޮތަށް މީރާއިން ހަމަޖައްސައިފި

10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތައް، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ)ގެ ބަޔާން ހުށަހަޅާއިރު މީރާއަށް އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭގޮތަށް އެ އޮތޯރިޓީން ހަމަޖައްސައިފިއެވެ. ކުރިން މި ލުއި ދީފައިވަނީ    5 މިލިއަން ރުފިޔާއަށްވުރެ މަދުން  އާމްދަނީ ލިބޭ ފަރާތްތަކަށެވެ.

މީރާއިން މިއަދު ނެރުނު ޓެކްސް ރޫލިންގައި ވާގޮތުން، ޓެކްސް އަހަރު 2015 ގައި ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ މަދުން ލިބުނު ފަރާތްތަކުން، ވިދިގެން އަންނަ އެއްވެސް ޓެކްސް އަހަރެއްގައި އެ ޢަދަދު 10 މިލިއަނަށްވުރެ އިތުރު ނުވާނަމަ، އެ އަހަރަކަށް މީރާއަށް އޮޑިޓް ރިޕޯޓެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. މިއީ، ކުދި ވިޔަފާރިތަކަށް މީރާއިން ދެމުން ގެންދާ ލުއިތަކުގެ ތެރެއަށް އިތުރުވި ބައެކެވެ.

މީގެ އިތުރުން، މި ރޫލިންގައި، ޓެކްސް ދައްކާ ފަރާތްތަކުގެ ގިންތިއަށާއި އޮޑިޓަރުން މީރާގައި ރަޖިސްޓަރީ ކުރުމުގައި ޢަމަލުކުރަމުންދާ އުސޫލަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

19-01-17