ބީ.ޕީ.ޓީ ނުދައްކާ ފަރާތަކުން މީރާއަށް ބީ.ޕީ.ޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ސަމަރ ސީޒަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހި ދައުލަތަށް ނުދައްކައިވާ ބީ.ޕީ.ޓީ އާއި ކަނޑައެޅިފައިވާ ތާރީޚަށް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބީ.ޕީ.ޓީ ފައިސާ ދައްކައިފައިނުވުމުން އަރަމުންދާ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ސިވިލް ކޯޓުން 29 ޑިސެންބަރު 2016 ގައި ހުކުމްކޮށްފިއެވެ.

މި ގޮތުން ސަމަރ ސީޒަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ދައުލަތަށް ދައްކަންޖެހޭ 2,566,230/-  (ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ހަ ހާސް ދުއިސައްތަ ތިރީސް) ރުފިޔާ އާއި އެ ފައިސާ ދެއްކުމާ ހަމައަށް އިތުރަށް އަރަމުންދާ ޖޫރިމަނާ އަދި އިންޓްރެސްޓް، 29 ޑިސެންބަރު 2016 އިން ފެށިގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކަށް ޖެހޭ މިންވަރަށްވުރެ މަދުނޫން އަދަދެއް މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމުގައި ސަމަރ ސީޒަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަމުރުކޮށްފައިވެއެވެ. 

02-01-17