މީރާގައި ''ޑީމްޑް ޕާޓްނަރޝިޕް'' ތައް ރަޖިސްޓަރީކުރުމުގައި ލުޔެއްދީފި

ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ޕާޓްނަރޝިޕެއްގެ ގޮތުގައި ރަޖިސްޓަރީ ނުކޮށް އެކަކަށްވުރެ ގިނަ ފަރާތްތައް ގުޅިގެން ހިންގާ ވިޔަފާރި މީރާގައި ރަޖިސްޓަރީކުރުމުގައި ޢަމަލުކުރަމުން ދިޔަ އުސޫލަށް ލުޔެއްދީފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

މީރާއިން ނެރެފައިވާ ޓެކްސް ރޫލިންގ އެއްގައި ވާގޮތުން، އެ ފަދަ ފަރާތްތަކުން ހިންގާ އެއްވެސް ވިޔަފާރި ހަރަކާތެއް ހިންގުމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ދޫކުރާ ހުއްދައެއް ނުވަތަ ލައިސަންސެއް ނަގަން ނުޖެހުމާއި، މުވައްޒަފުންގެ ގޮތުގައި މީހުން ނުގެންގުޅުމާއި އަދި އެ ފަދަ ވިޔަފާރި ހަރަކާތްތަކުން 12 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް ލިބޭ ޖުމުލަ އާމްދަނީ 20,000 (ވިހި ހާސް) ރުފިޔާއަށްވުރެ އިތުރު ނުވާ ފަރާތްތަކުން މީރާގައި އެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުން ލާޒިމެއްނޫނެވެ.

ނަމަވެސް އެ ފަރާތްތަކުން ބޭނުންވެއްޖެނަމަ އެ ފަދަ ވިޔަފާރި ހަރަކާތްތައް މީރާ ގައި ރަޖިސްޓަރީކުރެވޭނެ ކަމަށާއި، ރަޖިސްޓަރީނުކުރާ ފަރާތްތަކުން ވެސް، ހުރިހާ ހިސާބުތަކާއި ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓަންޖެހޭނެ ކަމުގައި މީރާއިން ހާމަކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް:

·         https://www.mira.gov.mv/TaxLegislation/tr-2016-a9-gazette.pdf

05-12-16