ޖީ.އެސް.ޓީ ގެ ބޭނުމަށް ޓޫރިސްޓް ހޮޓާ ނުވަތަ ގެސްޓްހައުސް ގެ ސަރަހައްދު ކަނޑައަޅާގޮތް ބަޔާންކޮށްފި

ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ގެ ބޭނުމަށް ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއްގެ ސަރަހައްދު ކަނޑައެޅުމުގައި ބަލާނީ ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ އޮޕަރޭޓިންގ ލައިސަންސް ނުވަތަ އެހެން ލިޔުމަކަށް ކަމުގައި މީރާއިން ހާމަކޮށްފިއެވެ.

1 ޖަނަވަރީ 2017 އިން ފެށިގެން އަމަލުކުރާގޮތަށް ހަމަޖައްސައި މީރާއިން ނެރެފައިވާ ޓެކްސް ރޫލިންގައި ވާގޮތުން ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއްގެ ސަރަހައްދުގެ ތެރޭގައި ހިންގާތަނަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތް، ހިމެނޭނީ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ގެ ތެރޭގައެވެ. އަދި އެ ސަރަހައްދުން ބޭރުގައި ހިންގާ ތަންތަނުން ވިއްކާ މުދަލާއި ދޭ ޚިދުމަތްތައް ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ގެ ތެރެއަކު ނުހިމެނޭނެއެވެ.

ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ މިހާރު ނަގަނީ 12 އިންސައްތައިގައެވެ. އަދި ޓެކްސް ދައްކަން ޖެހެނީ އެމެރިކާ ޑޮލަރުންނެވެ. ނަމަވެސް ޢާއްމު ދާއިރާގެ ޖީ.އެސް.ޓީ ނަގަނީ 6 އިންސައްތައިގައެވެ. އަދި ޓެކްސް ދައްކަން ޖެހެނީ ދިވެހި ރުފިޔާއިންނެވެ.

 

ގުޅުންހުރި ލިޔުންތައް

·         https://www.mira.gov.mv/TaxLegislation/tr-2016-g40-gazette.pdf

05-12-16