ޓޫރިސްޓް ގެސްޓްހައުސް ތަކުން ގްރީން ޓެކްސް ނަގަން ފަށައިފި

މިއަދުން ފެށިގެން ޓޫރިސްޓް ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށައިފި ކަމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. ގްރީން ޓެކްސް ނެގޭނީ ގެސްޓްހައުސް ތަކުގައި ތިބޭ ކޮންމެ ޓޫރިސްޓެއްގެ އަތުން ދުވާލަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން ކަމަށް އެ އޮތޯރިޓީއިން މައުލޫމާތު ދެއެވެ.

ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގަން ފެށުމާ ގުޅިގެން ދިވެހިރާއްޖޭގެ އެކި އަތޮޅު ތަކަށް މީރާގެ ޓީމްތައް ޒިޔާރަތްކޮށް ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ގްރީން ޓެކުހާގުޅޭ މައުލޫމާތު ފޯރުވައިދީފައިވާ ކަމުގައި މީރާއިން ހާމަކުރެއެވެ. މީގެ އިތުރުން މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ގްރީން ޓެކްސް ސެމިނަރގެ ނަމުގައި ސެމިނާތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮންމެ މަހެއްގެ ވެސް ގްރީން ޓެކްސް ބަޔާންހުށަހަޅާ ފައިސާދެއްކުމުގެ ސުންގަޑިއަކީ ވިދިގެން އަންނަ މަހުގެ 28 ވަނަ ދުވަސް ކަމުގައި އެ އޮތޯރިޓީން ހާމަކުރެއެވެ.

01-10-16