މީރާއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ "ޓެކްސް ވީކް" ގެ ހަރަކާތްތަކުގެ ތެރޭގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިދިޔަ ބުރާސްފަތި ދުވަހު ހިންގައިފި ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މި ހަރަކާތަކީ މީރާ ކްލަބާއި މޯލްޑިވްސް ބްލަޑް ސަރވިސަސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

 

ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އަށް މީރާގައި މި ކަމަށް ހާއްސަކުރެވިގެން ބޭއްވުނު ބްލަޑް ކޭމްޕްގައި މީރާގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން އާންމުންގެ ތެރެއިން ބައެއް ފަރާތްތަކުން ވެސް ލޭ ހަދިޔާކުރައްވާފައިވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ. ލޭ ހަދިޔާ ކުރުމުގެ މި ޕްރޮގްރާމަކީ 2013 ވަނަ އަހަރުން ފެށިގެން މީރާއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ. 

 

ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ބްލަޑް ސަރވިސަސް އިން މީރާއަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް، މީރާއިން އެ ފަރާތްތަކަށް ޝުކުރު އަދާކުރެއެވެ.

14-08-16