މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން އޮންލައިންކޮށް ވިޔަފާރިކުރާނަމަ އެ ވިޔަފާރި ހިންގަން ބޭނުންކުރާ އޮންލައިން ޕޯޓަލްގައި މީރާއިން ކަނޑައަޅައިފައިވާ ލޯގޯއެއް ފެންނަން ހުންނަންޖެހޭނެއެވެ. މި ފަދަ ލޯގޯއެއް ތައާރަފުކުރުމުގެ މަގުސަދަކީ، އެ ފަދަ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަން ކަސްޓަމަރުންނަށް އެނގޭނެފަދަ ގޮތަކަށް ހަމަޖެއްސުމެވެ.
ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކުން ބޭނުންކުރަންޖެހޭ މި ލޯގޯގައި ޓެކްސް ދައްކާ ފަރާތުގެ ނަމާއި ޓިން ހިމެނޭނެއެވެ. އަދި މި ލޯގޯއަށް އެދުމަށް މީރާގެ ވެބްސައިޓް މެދުވެރިކޮށް އެ ފަރާތެއްގެ މައުލޫމާތު ހުށަހެޅުއްވުމުން މީރާގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެސްއަށް ލޯގޯ ފޮނުވާދެވޭނެއެވެ.
ގުޅުންހުރި ލިންކްތައް
· ލޯގޯއަށް އެދުމަށް ބޭނުންކުރަންޖެހޭ ލިންކް:
https://www.mira.gov.mv/OnlineBusinesses.aspx