ބީ.ޕީ.ޓީ ބަޔާން ފުރާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ކުރިއަށްދަނީ

ޤާނޫނު ނަންބަރ 2011/05 (ވިޔަފާރީގެ ފައިދާއިން ޓެކްސް (ބީ.ޕީ.ޓީ) ނެގުމުގެ ޤާނޫނު) ގެ ދަށުން ޓެކްސް އަހަރު 2011 ގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިނަލް ޕޭމަންޓް ދައްކަންޖެހޭ ތާރީޚް ކައިރިވަމުން އަންނާތީ ވިޔަފާރިކުރާ ފަރާތްތަކަށް ޓެކްސް ބަޔާން ފުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތަކެއް ކުރިއަށް އެބަދެއެވެ. މިބައްދަލުވުން ތަކުގައި ބީ.ޕީ.ޓީ ބަޔާން ފުރާނެގޮތާއި ބީ.ޕީ.ޓީ ބަޔާނާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ބެހޭ މަޢުލޫމާތު ދެވޭނެއެވެ. މިބައްދަލުވުން ތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މިއޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އަދި މިއޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވައިގެން ނަންނޯޓު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މިފަދަ ބައްދަލުވުންތަކެއް މިފެށޭ މޭމަހުގެ ތެރޭގައި އަތޮޅުތަކުގައިވެސް ބޭއްވުމަށް ދަނީ ރާވަމުންނެވެ.

 

 ބީ.ޕީ.ޓީ ބަޔާނާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާއިރު އޮޑިޓަރުންގެ ރިޕޯޓު ހުށަހަޅަންޖެހޭ ފަރާތްތަކުން ހުށަހަޅާ ރިޕޯޓުގައި މީރާގައި ރަޖިސްޓްރީކޮށްފައިވާ މިނިވަން އޮޑިޓަރަކު ސޮއިކުރަންޖެހެއެވެ. މި ގޮތުން ސޮއިކުރެވޭ އޮޑިޓަރުން މީރާގައި ރަޖިސްޓްރީކުރުމަށް މިހާރު ވަނީ އިޢުލާންކޮށްފައެވެ. ބީ.ޕީ.ޓީ ބަޔާނާއިއެކު އޮޑިޓަރެއްގެ ރިޕޯޓު މިއޮތޯރިޓީއަށް ހުށަހަޅަން ޖެހޭތީ، އެވިޔަފާރިއަކުން ބަޔާންހުށަހަޅާއިރު، އެފަރާތެއްގެ ހިސާބުތައް އޮޑިޓްކޮށްފައިވާ އޮޑިޓަރ މީރާގައި ރަޖިސްޓްރީވެފައި ވާންޖެހެއެވެ. ޓެކްސް އަހަރު 2011 ގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިނަލް ޕޭމަންޓް ދައްކަންޖެހޭ އެންމެ ފަހު ތާރީޚަކީ 30 ޖޫން 2012 އެވެ.

25-04-12