ބީ.ޕީ.ޓީ ބަޔާން ފުރުމަށް އެހީތެރިވުމަށާއި ވިޔަފާރިތައް އޮޑިޓް ކުރުމަށް އަތޮޅުތަކަށް ޒިޔާރަތް ކުރަނީ

ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ)ގެ ޓެކްސް ބާޔާން ހުށަހަޅަންޖެހޭ ފަރާތްތަކަށް ބަޔާން ފުރާނެގޮތުގެ މަޢުލޫމާތު ދިނުމަށާއި، މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ)އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ލިޔެކިއުންތައް ހުރީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލާ ޗެކްކުރުމަށާއި، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރަންޖެހޭ ނަމަވެސް ރަޖިސްޓަރީ ނުކުރާ ފަރާތްތައް ޖީއެސް.ޓީއަށް ރަޖިސްޓަރީކުރުވުމަށާއި، އަދި ވިޔަފާރިތައް އޮޑިޓްކުރުމަށް އަތޮޅުތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ.

 

ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ކުރުމަށް ހަމަޖެހިފައިވާ މިދަތުރުތަކުގެ ފުރަތަމަ ބުރުގެ ދަތުރުތައް ރޭވިފައިވަނީ 20 މެއި އިން 27 ޖޫނަށް އަށެވެ. މިދަތުރުތައް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ، ބ. އޭދަފުށި، ބ. ތުޅާދޫ، ބ. ކެންދޫ، ޏ. ފުވައްމުލައް، ޅ. ހިންނަވަރު، ޅ. ނައިފަރު، ގދ. ތިނަދޫ، ގދ. މަޑަވެލި، ގދ. ހޯޑެއްދޫ އަށެވެ. މިރަށްތައް ކަނޑައެޅިފައިވަނީ ޓެކްސް ނެގުމުގެ އިދާރީ ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށާއި ކުންފުނިތަކަށާއި، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުގެ އިތުރުން މިހާތަނަށް ޖީ.އެސް.ޓީގެ ގޮތުގައި އެރަށްރަށުން ދައްކާފައިވާ ފައިސާގެ ނިސްބަތަށް ބަލާފައެވެ.

17-05-12