ޖީ.އެސް.ޓީ ނުދައްކާ ފަރާތަކުން މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ކ. ހިންމަފުށި ޕެރިސް އަޙްމަދު އާޞިފު ދައުލަތަށް ނުދައްކައިވާ ޖީ.އެސް.ޓީއާއި ސުންގަޑިއަށް ޖީ.އެސް.ޓީ ދައްކައިފައި ނުވުމުން އަރައިފައިވާ ޖޫރިމަނާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާއަށް) ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި ގޮތުން އަޙްމަދު އާޞިފު ދައުލަތަށް ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ 156,586/-ރ. އަދި ކަނޑައަޅައިފައިވާ ތާރީޚަށް ޖީ.އެސް.ޓީ ނުދެއްކުމުން 6 ޖަނަވަރީ 2016 އާ ހަމަޔަށް އަރައިފައިވާ 113,019/-ރ. ގެ ޖޫރިމަނާ އަދި އެ ފައިސާ ދެއްކުމާ ހަމައަށް އިތުރަށް އަރަމުންދާ ޖޫރިމަނާ، 6 ޖަނަވަރީ 2016 އިން ފެށިގެން 4 މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކަށް ޖެހޭ މިންވަރަށްވުރެ މަދުނޫން އަދަދެއް މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމްގައި އަޙްމަދު އާޞިފުގެ މައްޗަށް އަމުރުކޮށްފައިވެއެވެ.  

 

ގުޅުންހުރި ލިންކުތައް

1.      ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2211/Cv-C/2015 ގެ ޙުކުމް:

https://www.mira.gov.mv/legal_decisions/20160106_Civil_Court_Judgment_Ahmed_Asif.pdf

07-01-16