ޖީ.އެސް.ޓީގެ ޤާނޫނާއި ގަވައިދަށް އަމަލުނުކުރާ ފަރާތްތަކާއިމެދު ފިޔަވަޅުއަޅަން މީރާއިން ނިންމައިފި

މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް ޖީ.އެސް.ޓީގެ ޤާނޫނަށާއި ގަވައިދަށް ފުރިހަމައަށް އަމަލުކުރަމުން ނުދާ ފަރާތްތަކާއި މެދު 1 ޖަނަވަރީ 2016 އިން ފެށިގެން ފިޔަވަޅު އަޅަންފަށާނެކަމަށް މީރާއިން ހާމަކުރައްވައިފިއެވެ. 24 ޑިސެންބަރު 2015 ވަނަ ދުވަހު މީރާއިން ނެރެފައިވާ ޓެކްސް ރޫލިންގ TR-2015/G30 އާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑިރެކްޓަރ ޖެނެރަލް ކޮމްޕްލައެންސް ، މުހައްމަދު ޝާހިދު ވިދާޅުވެފައިވަނީ މި ރޫލިންގެ ގެ ދަށުން 1 ޖަނަވަރީ 2016 އިން ފެށިގެން ޤާނޫނާއި ގަވައިދަށް އަމަލުކުރަމުން ނުދާ ފަރާތްތައް ޖޫރިމަނާ ކުރަމުންދާނެކަމަށެވެ.

ޓެކްސް ރޫލިންގ TR-2015/G3 ގައި ވާ ގޮތުގެ މަތިން ސައްޙަ ޓެކްސް އިންވޮއިސް ނޫނީ ރަސީދު ދޫނުކުރާ ފަރާތްތަކާއި،  ވިޔަފާރިއާއި ގުޅޭ އެކިއެކި ހިސާބުތައް ނުބަލަހައްޓާ ފަރާތްތަކާއި އަދި މި ނޫނަސް ޖީ.އެސް.ޓީގެ ޤާނޫނާއި ގަވައިދުން ލާޒިމްކުރާ ކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކަށް އެކަންކަން ރަގަޅުކުރުމަށް 15 ދުވަހުގެ މުހުލަތެއް ދިނުމަށްފަހު ރަގަޅު ނުކޮށްފިނަމަ 2،000 (ދެ ހާސް) ރުފިޔާއިން ޖޫރިމަނާވާނެއެވެ.

 

ގުޅުންހުރި ލިޔުންތައް

1. ވެބްސައިޓުގެ ލިންކް

https://www.mira.gov.mv/TaxLegislations.aspx

2. ސައުންޑް ބައިޓް

https://youtu.be/mnQqMyh7Pis

27-12-15