ދެ ކުންފުންޏަކުން ނުދައްކައި ހުރި ޖީ.އެސް.ޓީ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

އެކްޒޯރޯ އިންވެސްޓްމަންޓް ޕވޓ ލޓޑ އިން ދައުލަތަށް ނުދައްކައިވާ ޖީ.އެސް.ޓީއާއި ސުންގަޑިއަށް ޖީ.އެސް.ޓީ ދައްކައިފައި ނުވުމުން އަރައިފައިވާ ޖޫރިމަނާ އަދި ސައިން މާޓް ޕވޓ ލޓޑ އިން ސުންގަޑިއަށް ޖީ.އެސް.ޓީ ދައްކައިފައި ނުވުމުން އަރައިފައިވާ ޖޫރިމަނާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާއަށް) ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ގޮތުން އެކްޒޯރޯ އިންވެސްޓްމަންޓް ޕވޓ ލޓޑ އިން ނުދައްކައި ހުރި ޖީ.އެސް.ޓީއާއި ކަނޑައަޅައިފައިވާ ތާރީޚަށް ޖީ.އެސް.ޓީ ނުދެއްކުމުން 15 ޑިސެންބަރު 2015 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އަރައިފައިވާ 166,086ރ. އާއި އެ ފައިސާ ދެއްކުމާ ހަމައަށް އިތުރަށް އަރަމުންދާ ޖޫރިމަނާ، 2 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމްގައި އެކްޒޯރޯ އިންވެސްޓްމަންޓް ޕވޓ ލޓޑ ގެ މައްޗަށް އަމުރުކޮށްފައިވެއެވެ. އަދި ސައިން މާޓް ޕވޓ ލޓޑ އިން ކަނޑައަޅައިފައިވާ ތާރީޚަށް ޖީ.އެސް.ޓީ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރައިފައިވާ 46,008ރ. 2 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ވެސް ސިވިލް ކޯޓުން އަމުރުކޮށްފައިވެއެވެ.  

ގުޅުންހުރި ލިންކުތައް

1.      ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 1241/Cv-C/2015 ގެ ޙުކުމް:

https://www.mira.gov.mv/legal_decisions/20151215_Civil_Court_Judgment_Exoro_Investment.pdf

 

2.      ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 1686/Cv-C/2015 ގެ ޙުކުމް:

https://www.mira.gov.mv/legal_decisions/20151214_Civil_Court_Judgment_Sign_Mart.pdf

16-12-15