މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިންގަމުންދާ "ކޮބާ ރަސީދު" ކެމްޕެއިން އަށް އޮކްޓޫބަރު މަހުގައި ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ކ. ކާށިދޫ، އާހިޔާ އާހިލް ރަފީޢު އާ 3,000 (ތިން ހާސް) ރުފިޔާ ހަވާލުކޮށްފިއެވެ. މިއަދު މީރާގައި އެ ކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގައި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ޑިރެކްޓަރ ޖެނެރަލް، ލާޖް ޓެކްސްޕޭޔަރ ސަރވިސް އަހުމަދު އަލީ އެވެ.
1 އޮގަސްޓުން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ހިންގަމުންދާ މި ކެމްޕެއިންގައި ކޮންމެ މަހަކު ރަސީދު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 3,000 (ތިން ހާސް) ރުފިޔާގެ އިތުރުން މުޅި ކެމްޕެއިންގެ ތެރޭގައި އެންމެ ގިނަ ވިޔަފާރިތަކުން އެންމެ ގިނަ ރަސީދު ހުށަހެޅި ފަރާތަކަށް 20,000 (ވިހި ހާސް) ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ. އޮކްޓޫބަރު މަހުގެ ތެރޭގައި ޖުމުލަ 445 ބައިވެރިން 19,205 ރަސީދު މީރާ އަށް ފޮނުވާފައިވެއެވެ.
ގުޅުންހުރި ލިންކުތައް
1. އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް:
https://www.facebook.com/maldivesinlandrevenueauthority/posts/1010029679053962