ގޯލްޑަން ރޫހް އިންވެސްޓްމަންޓް މޯލްޑިވްސް އިން ނުދައްކައި ހުރި ޖީ.އެސް.ޓީ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ގޯލްޑަން ރޫހް އިންވެސްޓްމަންޓް މޯލްޑިވްސް ޕވޓ ލޓޑ އިން ދައުލަތަށް ނުދައްކައިވާ ޖީ.އެސް.ޓީއާއި ސުންގަޑިއަށް ޖީ.އެސް.ޓީ ދައްކައިފައި ނުވުމުން އަރައިފައިވާ ޖޫރިމަނާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާއަށް) ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި ގޮތުން ގޯލްޑަން ރޫހް އިންވެސްޓްމަންޓް މޯލްޑިވްސް ޕވޓ ލޓޑ އިން ނުދައްކައި ހުރި ޖީ.އެސް.ޓީއާއި، ކަނޑައަޅައިފައިވާ ތާރީޚަށް ޖީ.އެސް.ޓީ ނުދެއްކުމުން 15 ނޮވެންބަރު 2015 ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އަރައިފައިވާ ފައިސާ އަދި އެ ފައިސާ ދެއްކުމާ ހަމައަށް އިތުރަށް އަރަމުންދާ ޖޫރިމަނާ، 1 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމްގައި ގޯލްޑަން ރޫހް އިންވެސްޓްމަންޓް މޯލްޑިވްސް ޕވޓ ލޓޑ ގެ މައްޗަށް އަމުރުކޮށްފައިވެއެވެ.  

 

ގުޅުންހުރި ލިންކުތައް

1.      ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 1791/Cv-C/2015 ގެ ޙުކުމް:

https://www.mira.gov.mv/legal_decisions/20151115_Civil_Court_Judgment_Golden_Rooh.pdf

16-11-15