ޖީ.އެސް.ޓީ ނުދައްކާ ފަރާތަކުން މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

މއ. ފައިވް ރޯސަސް މުޙައްމަދު ރިޔާޒު ދައުލަތަށް ނުދައްކައިވާ ޖީ.އެސް.ޓީއާއި ސުންގަޑިއަށް ޖީ.އެސް.ޓީ ދައްކައިފައި ނުވުމުން އަރައިފައިވާ ޖޫރިމަނާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާއަށް) ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި ގޮތުން މުޙައްމަދު ރިޔާޒު ދައުލަތަށް ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ 169,652/-ރ. އަދި ކަނޑައަޅައިފައިވާ ތާރީޚަށް ޖީ.އެސް.ޓީ ނުދެއްކުމުން 25 އޮކްޓޫބަރު 2015 އާ ހަމަޔަށް އަރައިފައިވާ 145,529/ރ. ގެ ޖޫރިމަނާ އަދި އެ ފައިސާ ދެއްކުމާ ހަމައަށް އިތުރަށް އަރަމުންދާ ޖޫރިމަނާ، 25 އޮކްޓޫބަރު 2015 އިން ފެށިގެން 45 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމްގައި މުޙައްމަދު ރިޔާޒުގެ މައްޗަށް އަމުރުކޮށްފައިވެއެވެ.  

 

ގުޅުންހުރި ލިންކުތައް

1.      ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 1684/Cv-C/2015 ގެ ޙުކުމް:

https://www.mira.gov.mv/legal_decisions/20151025_Civil_Court_Judgment_Mohamed_Riyaz.pdf

25-10-15