މ. ހަވީރީ އުފާ މުޙައްމަދު ފަސީޙް ދައުލަތަށް ނުދައްކައިވާ ޖީ.އެސް.ޓީއާއި ސުންގަޑިއަށް ޖީ.އެސް.ޓީ ދައްކައިފައި ނުވުމުން އަރައިފައިވާ ޖޫރިމަނާއާއި ސުންގަޑިއަށް ޖީ.އެސް.ޓީ ބަޔާން ހުށަނޭޅުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާއަށް) ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި ގޮތުން މުޙައްމަދު ފަސީޙް ދައުލަތަށް ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ 28,521/-ރ. އަދި ކަނޑައަޅައިފައިވާ ތާރީޚަށް ޖީ.އެސް.ޓީ ބަޔާން ހުށަނާޅައި ފައިސާ ނުދެއްކުމުން 22 އޮކްޓޫބަރު 2015 އާ ހަމަޔަށް ކުރެވިފައިވާ ޖޫރިމަނާ 25,688/-ރ. އަދި އެ ފައިސާ ދެއްކުމާ ހަމައަށް އިތުރަށް އަރަމުންދާ ޖޫރިމަނާ، 22 އޮކްޓޫބަރު 2015 އިން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމްގައި މުޙައްމަދު ފަސީޙްގެ މައްޗަށް އަމުރުކޮށްފައިވެއެވެ.
ގުޅުންހުރި ލިންކުތައް
1. ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 1718/Cv-C/2015 ގެ ޙުކުމް:
https://www.mira.gov.mv/legal_decisions/20151022_Civil_Court_Judgment_Mohamed_Faseeh.pdf