މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގްރީން ޓެކުހާ ގުޅޭ މައުލޫމާތު ދިނުމުގެ ސެމިނަރ އެއް، މިއަދު ހެނދުނު 9:30 ން 16:00 އަށް، އިސްލާމިކް ސެންޓަރ ގެ ކޮންފަރަންސް ހޯލުގައި ބާއްވައިފިއެވެ. މި ސެމިނަރގައި މައުލޫމާތު ދެއްވީ ޑިރެކްޓަރ ޖެނެރަލް އައިމަން އިބްރާހިމާއި، މުހައްމަދު ޝާހިދާއި، އަހުމަދު ޝަރީފުގެ އިތުރުން މެނޭޖަރ ފާތިމަތު ރަޝާ އެވެ.
މި ސެމިނަރ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދެވެ. ސެމިނަރ ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ ގްރީން ޓެކުހަކީ މީރާއިން ތަންފީޒުކޮށް ހިންގަމުންދާ މިފަދަ 4 ވަނަ ޓެކްސް ކަމަށާއި މިއީ މި ކަމަށް އަހުލުވެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިންގާ މުހިއްމު ސެމިނަރއެއް ކަމަށެވެ.
މި ސެމިނަރ ބޭއްވުމުގެ މަގްސަދަކީ 1 ނޮވެންބަރު 2015 އިން ފެށިގެން ނަގަން ހަމަޖެހިފައިވާ ގްރީން ޓެކްސް އާއި ގުޅޭ މައުލޫމާތު ލިބެންޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ފޯރުވައިދިނުމާއި އެ ފަދަ ފަރާތްތަކުން އަމަލުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކަށް އަހުލުވެރިކުރުވުންކަމަށް މީރާއިން ހާމަކުރެއެވެ. މި ސެމިނަރގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ގުޅުންހުރި ލިންކުތައް
1. ސެމިނަރގެ ފޮޓޯތައް:
https://www.facebook.com/maldivesinlandrevenueauthority/posts/994991977224399